ދުނިޔެ

އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ކުރިން ފަލަސްތީން މައްސަލަތައް ހައްލުކުރަން ޖެހޭ: މުހައްމަދު ބިން ސަލްމާން

އިޒްރޭލަކީ ދުޝްމަނެއް ގޮތުގައި ސައޫދީ ނުދެކޭނެ ކަމަށާއި މުހިންމު ބައިވެރިއެއް ގޮތުގައި ސައޫދީ ބަލައިގަންނާނެ ކަމަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޕްރިންސް ވިދާޅުވި ގޮތުން އިޒްރޭލާއެކު ސައޫދީއަށް ގުޅުން ބަދަހި ކުރެވެން އޮތީ ފަލަސްތީން މައްސަލަތަައް ހައްލުވެގެންނެވެ.

ޕްރިންސް ވިދާޅުވީ ކޮންމެ ގައުމަކީ ވެސް މިނިވަން އިޚްތިޔާރުތަކެއް ލިބިފައި އޮންނަ ގައުމެއް ކަމަށާއި ސައޫދީ އަރަބިއްޔާގެ އުންމީދަކީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމުގެ ކުރިން ފަލަސްތީނަށް ވެސް އެފަދައިން އިޚްތިޔާރު އޮތުމެވެ.

މުހައްމަދު ބިން ސަލްމާން ސީދާ ވިދާޅު ނުވި ނަމަވެސް އަރަބި އެކުވެރި ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހިކުރުމުގައި ސައޫދީގެ އެއްވެސް ހިތްބަރުކަމެއް ނެތެވެ. ޕްރިންސްގެ ވާހަކަތަކުގެ ޒާތުން އެކަން ސާފުވެ އެވެ.

އިޒްރޭލާއެކު ވަރަށް ގާތް ގުޅުމެއް އޮންނަ އަރަބި ގައުމުތަކުގެ ތެރޭގައި މިސްރާއި އުރުދުން ހިމެނެ އެވެ.

އެމެރިކާ އިސްވެ އިޒްރޭލާ ގުޅުން ބަދަހި ކުރުވި ގައުމުތަކުގެ ތެރޭގައި ބަހްރޭނާއި މޮރޮކޯ އާއި ސޫދާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ހިމެނެ އެވެ.