ސިއްހަތު

ރަނގަޅު ސިއްހަތަކަށް ކަޅު ސައި ވަރެއް ނެތް!

ކަޅު ސަޔަކީ ދިވެހިން އާންމު ގޮތެއްގައި ބޮއެ އުޅޭ ބުއިމެކެވެ. ނަމަވެސް ކޮފީ ވައިގެ ހިފައިގެން ދިޔަލެއް ބާރުމިނުގައި ކަޅު ސައިގެ ފޯރި ވަނީ ކުރިޔަށްވުރެ ކުޑަވެފައެވެ. ނަމަވެސް ކޮފީއަށްވުރެ ކަޅު ސައިން ލިބޭ ސިއްހީ ފައިދާތައް ގިނައެވެ. ސިއްހަތަށް ކަޅު ސައި ވަރެއް ހަމަ ނެތެވެ.

ކަޅު ސައިން ލިބޭ ބައެއް ސިއްހީ ފައިދާތައް:

ހަންގަނޑަށް ރަނގަޅު ފަރުވާއެއް

މިއީ ކަޅު ސައިން ލިބޭނެ އެންމެ ބޮޑު ފައިދާއެވެ. ހަންގަނޑަށް ސިއްހީ އެތައް ފައިދާތަކެއް ކަޅު ސައިން ލިބިދެއެވެ. ކަޅު ސައިގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން ހަންގަނޑު ޒުވާނުންކޮށް ބަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.

އިސްތަށިގަނޑަށް ވެސް ފައިދާއެއް

ހަންގަނޑަށް ފައިދާވާ ފަަދައިން ކަޅު ސައިން އިސްތަށިގަނޑަށް ވެސް ފައިދާތަކެއް ލިބިދެއެވެ. ކަޅު ސައިން އިސްތަށިގެ ސިއްހަތު ރަނގަޅުކޮށްދެއެވެ.

ނާރުގެ ބަލިތަކުން ދުރުކޮށްދޭ

ކަޅު ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން ނާރުގެ ބަލިތަކުން ތިމާ ދުރުކޮށްދެއެވެ. ދުވާލެއްގެ މައްޗަށް ކެފެއިން ބޭނުންކުރާ މިންވަރުން ތިމާއަށް ނާރުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. ދުވާލެއްގެ މައްޗަށް 421 - 2،716 މިލިގްރާމްގެ ކެފެއިން ބުއިން ރަނގަޅެވެ.

ހަޖަމުކުރުމުގެ މައްސަލަތަކުން ދުރުކޮށްދޭ

ކަޅު ސައިގައި އެކުލެވޭ "ޓަނިންސް" ނަމަކަށްކިޔާ ބާވަތެއްގެ ސަބަބުން ހަޖަމުކުރުމުގައި ދިމާވާ އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަޅު ސަޔަކީ މުހިންމު ބުއިމެކެވެ.

ކެންސަރުން ދުރުކޮށްދޭ

ކަޅު ސަޔަކީ ގިނަ ކެންސަރުތަކުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. ގަވާއިދުން ކަޅު ސައި ބޯމީހުންގެ ބަނޑު، ފުއްޕާމޭ، އޯވަރީސް، އަދި އުރަމަތީގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.

ހިތުގެ ސްޓްރޯކްތަކުން ދުރުކޮށްދޭ

ކަޅު ސައިގެ ސަބަބުން ތިމާގެ ކޮލެސްޓްރޯލް ލެވެލް ރަނގަޅު ލެވެލްގައި ބަހައްޓައިދެއެެވެ. މީގެ ސަބަބުން ހިތުގެ ސްޓްރޯކް ތަކާއި އެޓޭކްސްތަކުން ދުރުކޮށްދެއެވެ.

އެސްމާ މާއަށް ލުޔެއް

އަސްތަމާގެ އުނދަގޫ ދިމާވާ ފަރާތްތަކަށް ހޫނު ބުއިމަކީ ފަރުވާއެކެވެ. ހޫނު ބުއިމުގެ ތެރެއިން ވެސް ހޫނު ކަޅު ސައި ފާހަގަކޮށްލެވެއެވެ. ހޫނު ކަޅު ސައި ބުއިމުގެ ސަބަބުން ނޭވާލުމަށް ފަސޭހަވެގެންދެއެވެ. މިއީ އަސްތަމާގެ ބަލީގެ މީހުންނަށް ރަނގަޅު ފަރުވާއެކެވެ.

ސިކުނޑިއަށް ވެސް ފަރުވާއެއް

ކަޅު ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން ލޭ ދައުރުކުރުމަށް އެހީވެދެއެވެ. އަދި ސިކުނޑިއަށް ލޭ ފޮނުވައިދިނުމަށް ވެސް ކެފެއިން އެހީވެދެއެވެ. ކެފެއިންގެ ސަބަބުން ހިތަށް އެއްވެސް ސައިޑް އިފެކްޓެއް ނުކޮށް ސިކުނޑިއަށް ލޭ ފޮނުވައިދެއެވެ. މީގެއިތުރުން ކަޅު ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން މެންޓަލް ފޯކަސް އަދި ކޮންސެންޓްރޭޝަން އިތުރުކޮށްދެއެވެ. ކަޅު ސައިގައި އެކުލެވެނީ ވަރަށް ކުޑަ މިންވަރެއްގެ ކެފެއިންނެވެ. އެއީ ސިއްހަތަށް އެންމެ ފައިދާ މިންވަރެވެ.