އެމްއެންޑީއެފް

ފަރަށް އެރި ބޯޓެއްގައި ތިބި 19 މީހުން ސަލާމަތްކޮށްފި

ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އެރުމާ ގުޅިގެން އޭގައި ތިބި 19 މީހަކު އެމްއެންޑީއެފްގެ ކޯސްޓުގާޑުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ "ސަވާރީ" ނަމަކަށް ކިޔާ އެ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރު ކަމަށެވެ.

އެ ބޯޓުން ދަތުރުކުރީ 28 މީހުން ކަމަށާއި އޭގެތެރޭގައި ހަ އަންހެނުންނާއި ތިން ކުޑަކުދިންގެ އިތުރުން 14 ދިވެހި ފިރިހެނުންނާއި ފަސް ބިދޭސީ ފިރިހެނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ބޯޓުން ދަތުރުކުރި ހަ އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭހެން 19 މީހަކު ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަކްރާފްޓްގައި މިއަދު ހެނދުނު 06:25 ހާއިރު ވަނީ މާލެ ގެނެސްފަ އެވެ.

މ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

އެ ބޯޓް ފުންކުރުމަށްޓަކައި ވެރިފަރާތުން ހޯދި އުޅަނދެއް އެ ސަރަހަށްދަށް ގޮސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.