ތެލުގެ އަގު

މަސްދުވަސްތެރޭ ތިންވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާތީ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާ އާއި ޔޫކްރޭންއާ ދެމެދު ހިނގަން ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށް ދާ ނިސްބަތް އިތުރަށް ހަލުއި ވެފައިވާ ކަމަށެވެ.

އެހެން ކަމުން މާދަމާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14:60 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 14:80 ލާރިއަށެވެ.

މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނިން ތެލުގެ އަގު ބޮޑުކުރި ތިންވަނަ ފަހަރެވެ.