އަބްދުﷲ ޖާބިރު

"ޔޮޓް ފަހަރަހު ހިފަހައްޓާ ވާހަކަ ދެއްކުމަކީ ހަދާ ގޯހެއް"

ރާއްޖެ ބަނދަރު ކުރާ، ރަޝިޔާއަށް ނިސްބަތްވާ ޔޮޓް ފަހަރާއި އެނޫން ވެސް އެފަދަ އުޅަނދުތައް ހިފަހައްޓައި އުޅަނދު ފަހަރުގެ ވެރިންނާއި ފަޅުވެރިންނާ މެދު ފިޔަވަޅު އަޅައި އިހާނެތިކޮށް ކަންކަން ކުރާނެ ވާހަކަތައް ފެތުރުމަކީ ރާއްޖޭގެ ޓޫރިޒަމަށާއި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި އެކަމާމެދު ސަމާލުވާން ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ރަޝިޔާގެ މަހުޖަނުންގެ ލަގްޒަރީ ބައެއް ޔޮޓް ފަހަރު މިހާރު ވެސް ރާއްޖެ ބައެއް ހިސާބުތަކުގައި ބަނދަރު ކޮށްގެން އެބަތިއްބެވެ. ރަޝިޔާ - ޔުކުރެއިން ހަނގުރާމައާއެކު ރަޝިއާ ބިލިއަނަރުންގެ އިތުރު ޔޮޓްތައް ދަތި ކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށް ވެސް ވެއެވެ، މި ހަނގުރާމައާއެކު ރަޝިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ޖާބިރު މިއަދު ވިދާޅުވީ ރާއްޖެއަކީ މުޅީން ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށް ވާއިރު އަދި ރާއްޖެ އަންނަ މެހުމާނުން ސަލާމާތް ރައްކާތެރިކަން އެންމެ ފުރިހަމައަށް ދޭ ގައުމުގެ ގޮތުގައި ލޭބަލް ވެގެން އޮވެ، ހަނގުރާމައެއްގެ ތެރެއިން ރާއްޖެ އަންނަ އަދި މިހާރު ވެސް އައިސްތިބި ރަޝިޔާއަށާއި އެ ގައުމުގެ ބޮޑެތި މަހުޖަނުންގެ މުދާ ރާއްޖޭގައި ހިފަހައްޓާ ވާހަކަ ފެތުރުމަކީ ރާއްޖޭން ކުރާނެ އެންމެ މޮޔަކަންތައް ކަމަށެވެ. އެކަމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ފާރަވެރިވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލަންވީ ރަނގަޅު ބަނދަރުތަކުން ޖާގަދަ ދީގެން އެންމެ ފުރިހަމަ ހިދުމަތް ދެވޭތޯ. ޔޮޓް ޓްއާސް މިހާރު ވެސް އޮތީ އެހީތެރިވާން ތައްޔާރަށް، އަޅުގަނޑުމެންގެ އަމާން ރަނގަޅު ބަނދަރުތައް އެބަހުރި، އެހާ ހިލާފަށް ހިފަހައްޓައި ފިޔަވަޅު އަޅާ ވާހަކަތައް ފެތުމަކީ ވަރަށް ބޮޑު ގޯހެއް." ޖާބިރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖެއަށް އަގު ބޮޑު "އަރުމާޒު" ލޯންޗު ނުބެލެހެެއްޓިގެން އުޅޭ އިރު މިފަދަ އަގު ބޮޑު ޔޮޓްތަކާއި އުޅަނދުތައް ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ރާއްޖޭގައި ހިފަހައްޓާއި އެ ތަކެތި ބޮލު އެޅި އެއިން ނުނެއްޓި އިތުރު ދަރަންޏާ ހަވާލުވުމަކީ މާލީ ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ މައްސަލައަކަށް ވެދާނެ ކަމަށެވެ.

"މި ޔޮޓް ފަހަރު އަބަދު ވެސް ރާއްޖެ އާދޭ... އެކަމަކު ބަޔަކަށް އަދި މިއެނގުނީ މި ވަގުތު ހަނގުރާމައެއް ދިމާވުމުން އެފަދަ އިތުރު އުޅަނދުފަހަރު ރާއްޖެއަށް އާ ދިމާއާ މިސްރާބު ޖަހާކަން. އެހެންވީމާ އެ ދިމާއިން ހިދުމަތް ދެވޭނެ ފެސިލިޓީޒް ގާއިމު ކުރާ ވާހަކަ ދައްކަންވީ ހިފަހައްޓައި ފިޔަވަޅު އަޅައި އިހާނެތިކޮށް ހިތާ ވާހަކަ ދައްނާނަމަ ޓޫރިޒަމް ހިންގުމުގެ މާނައެއް ނެތް،"