ރާއްޖޭގައި އެންމެ މަތީ ފެންވަރުގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ރާއްޖޭގެ އަމިއްލަ ތިން ޖަމިއްޔާ އަކަށް ފައިސާގެ އެހީ ދީފި އެވެ.
ވެލާ ރިސޯޓުން ގެންދަނީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކަށް އެހީ ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ.
މިއަހަރު ފައިސާގެ އެހީ ދީފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ކެއާ ސޮސައިޓީގެ އިތުރުން މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އަށެވެ.
ޖުމްލަ 750،000 ރުފިޔާގެ ބަޖެޓަކުން ކޮންމެ ޖަމިއްޔާ އަކަށް މިއަހަރު 250،000 ރުފިޔާ ދީފައިވެ އެވެ.
ވެލާ ރިސޯޓުން ބުނީ އެ ރިސޯޓުން ޖަމިއްޔާތަކަށް ފޯރުކޮށްދޭ ފައިސާގެ އެހީއާ ގުޅިގެން ރަނގަޅު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޖަމިއްޔާތަކަށް އެހީވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރިސޯޓުންދެ އެވެ.
ކޮވިޑް 19ގެ އެންމެ އުދަނގޫ ދުވަސްތަކުގައި ވެސް ވިލާ ރިސޯޓުން ވަނީ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ 47 ޕްރައިވެޓް ވިލާ ހިމެނޭ މަތީ ފަންތީގެ ހިދުމަތްތަކެއް ފޯރުކޮށްދޭ ރިސޯޓެކެވެ.