ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 306 މީހަކު ކޮވިޑަށް ޕޮޒިޓިވް

0%
0%
0%

ރާއްޖެއިން އިތުރު 306 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 172،576 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 27 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 245 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 22 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 2،179 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 14،459 މީހުންނެވެ. މިހާތަނަށް 157،797 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 8 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 297 އަށް އަރާފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮބާ

ރާއްޖޭގަ ކޮވިޑު ނަންބަރު 2 ގަ އުޅުނު އިރު އުޅުނީ މިޔައްވުރެ މާ ހަޑިކޮށް. އެންމެން ބިރުން ގޭން ނުނިކުމެ، މޫނުމަތީ ރަނގަޅަށް ފޮތި އޮޅައިގެން، އިންސާނުންނާ ކައިރި ވަނީ ފުރޭތަހެން ހެނދުން އަޅައިގެން. މީ ކީ މާބޮޑު ޚަބަރަކަށް ހަދައިގެން ޖަހާވަރު ވާހަކައެއްނޫން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910