އެސްޓީއޯ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

Mar 8, 2022
1

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާންމު ހިއްސާދާރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމުގެ ނިޔަލަށެވެ.

މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެނީ އީމެއިލް މެދުވެރިކޮށެވެ.

އާންމު ހިއްސާދާރުންގެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ ނަންތަކެއް ނިންމާނީ ކުރިމަތިލާ ބޭފުޅުންނާ އެސްޓީއޯގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއު ކުރުމަށްފަހު އެވެ.

ނަންތައް އިވެލުއޭޓް ކޮށް ފޮނުވާއިރު "ޖެންޑަ ޑައިވާސިޓީ" އަށް އިސްކަން ދޭނެ ކަމަށްވެސް ބުނެފައިވެ އެެވެ.

"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ކޯޕަރޭޓް ގަވާނަންސް ކޯޑުގައި ބާރުއަޅާ ފަދައިން ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއި އިންތިހާބުގައި ވާދަކުރެއްވުމަކީ ކުންފުނިން ބާރު އަޅާ ކަމެކެވެ. އަދި މިއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ." އެސްޓީއޯގެ އިއުލާންގައިވެ އެވެ.

އާންމު ހިއްސާދާރުގެ މަގާމަށް ބޭފުޅަކު ހޮވާނީ އަހަރީ އާންމު ޖަލްސާގަ އެވެ. އެސްޓީއޯ އިން ޖަލްސާ ބާއްވާނެ ތާރީހު އަދި ހާމަކޮށްފައެއް ނުވެ އެވެ.