މާކެޓް ބަދަލު ކޮށްލައި އާ ތަޖުރިބާތައް ކުރުމުގެ ގޮތުން ރާއްޖޭގައި ލަގުޒަރީ ސުޕަ ޔޮޓެއް ބަންނަން ގަސްދު ކުރައްވާ އެ މަސައްކަތް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އިއުލާން ކުރައްވައިފި އެވެ.
ޔޮޓް ފަހަރުގެ ޓޫރިޒަމަށް އަމާޒުކޮށް ރާއްޖޭގައި ވަރަށް ކުރިން ޔޮޓް ޓްއާސްގެ ނަމުގައި ކުންފުންޏެއް އުފައްދައި ވިޔާފާރި ފަށާފައިވާ ޖާބިރު ހިއްސާ ކުރެއްވި ލިޔުންތަކެއްގައި އޭނާ ވިދާޅުވެފައި ވަނީ 85 މީޓަރުގެ ލަގުޒަރީ ސުޕަ ޔޮޓެއް ރާއްޖޭގައި ބަނދެއް ފެނުގައި ޖައްސަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި އެކަމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.
އިތުރު ތަފުސުލީކަށް އެދުމުން ޖާބިރު ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއި ހަނގުރާމާ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން ރާއްޖޭގެ ޓުރިޒަމަށް ބަދަލެއް އައިސްފައިވާ ކަމަށާއި މާކެޓެއް ވެސް ކޮންމެވެސް ބަދަލެއް ގެންނަން ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ އަމާޒު ހިފަނީ ލަގުޒަރީ ސުޕަ ޔޮޓްގެ ވިޔަފާރި ތަޖުރިބާ ކުރައްވަން ކަމަށެވެ.
"އަޅުގަނޑުގަނޑަކީ ޑިވެލޮޕަރެއް، އަދި އަޅުގަނޑަކީ ވިޔަފާރީގައި ރިސް ނަގައި ބަދަލު ގެންނަ މީހެއް، އެހެންވެ އަޅުގަނޑު ބޭނުން ވަނީ މާކެޓްގައި ޓެސްޓެއް ކުރަން،" ޖާބިރު ވިދާޅުވި އެވެ.
އޭމާ ވިދާޅުވީ 85 މީޓަރު ނުވަތަ 100 މީޓަރުގެ ލަގުޒަރީ ސުޕަ ޔޮޓް ބަންނަން ޖެހޭނީ ދަަގަނޑުން ކަމަށާއި އޭގެ ނޭވަލް އާކިޓެކްޗާއި އާއި ޑިޒައިން ވެސް އެއީ ދިވެހި ރާއްޖޭގައި ދިވެހިން ކުރާނެ ކަންކަން ކަމަށެވެ. އަދި އެފަދަ ހުނަރުވެރި ފަރާތްތަކަށް މިހާރު ޔޮޓް ޓްއާސްއަށް ޕްރެންޓޭޝަން ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަންނަ ފުރަތަމަ ޔޮޓަކީ ދިވެހި ރާއްޖޭގެ އިއްޔެ އާއި މިއަދުގެ ހުރޮހާ ވާހަކައެއް އެއިން ޓޫރިޒަމަށް ވިއްކޭނެ ޕްރޮޕަޓީއަކަށް ވާން ޖެހޭނެ ކަމަށެވެ.
"މިކަން އަޅުގަނޑާއެކު ޔޮޓް ޓްއާސް އާ ގުޅައިގެން ކުރިޔަށް ދެވޭނެ. އަދި ސީދާ އަޅުގަނޑާ ވެސް ވާހަކަ ދެކެވޭނެ، މީ އަނެއްކާ ވެސް އާ ބަދަލެއް ގެނައުމަށް އަޅުގަނޑު ފަށާ މަސައްކަތެއް. މިކަމަށް ބޭނުންވާ ބިމާއި ފައިސާ ވެސް އަޅުގަނޑަށް ހުރީ ހަމަޖެހިފައި،" ޖާބިރު ވިދާޅުވި އެވެ.