ރައީސް އަބްދުﷲ ޔާމީން

އަލިމަނިކު އަވަހާރަވުމަކީ ފޫނުބެދޭނެ ގެއްލުމެއް: ރައީސް

Dec 24, 2015
3
ރައީސް އަބްދުﷲ ޔާމީން: ކޮލި އަލިމަނިކުގެ ހިދުމަތަށް ބައްލަވައިލެއްވެވި
0%
0%
0%

ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލީ އުމަރުމަނިކު (ކޮލި އަލިމަނިކު) ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމަކީ ދިވެހި ދައުލަތަށާއި ގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްއްޔޫމް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި އަލި މަނިިކު އަވަހާރަވީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އަލި މަނިކުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވައި ރައީސް ޔާމީން ލިޔުއްވި ބަޔާނުގައި މިއަދު ވިދާޅުވީ އަލި މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހުލާސްތެރި ހިިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ވިޔަފާރިއާއި އިގްތިސޯދީ ދާއިރާގައި ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތްޕުޅު ކުރެއްވި އަދި އެ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެންނެވި ބޭފުޅެއްކަމަށެވެ.

ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒަޢާމަތުގައިވެސް ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް މުހިންމު މަޝްރޫޢުތައް ހިންގެވުމުގައި، އަލިމަނިކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަޝްރޫއެއްވެސް އަދި ކޮންމެ ކަމެއްވެސް ހިންގަވާފައިވަނީ، ވަރަށް ވިސްނުންތެރިކަމާއެކު، އަދި އެ މަޝްރޫޢަކުން ނުވަތަ އެ މަސައްކަތަކުން މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާއަށާއި މަންފާއަށް އިސްކަން ދެއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އަލިމަނިކު ފާހަގަކުރެވެނީ، ރާއްޖޭގެ މިހާރުގެ އިޤްތިޞާދަށް ޒަމާނީ ބަދަލުތައް ގެންނެވި އެންމެ ވަރުގަދަ ރޭވުންތެރިޔާ ކަމުގައި ފާހަގަކުރައްވާ، އެމަނިކުފާނަކީ ޖަމާޢަތަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345