ހަބަރު

އެޑިއުކޭޝަންގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޑރ. ޝެހެނާޒް

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމަށް ޑރ. އައިޝަތު ޝެހެނާޒް އާދަމް އައްޔަންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކުރީ މިމަހު 21 ވަނަ ދުވަހުގައެވެ. އޭނާ އެމަގާމަށް އައްޔަން ކުރުމުގެ ކުރިން އަދާ ކުރީ ފޮރިން މިނިސްޓްރީގެ އެޑިޝިނަލް ސެކެޓްރީގެ މަގައިމެވެ. އަދި އދ. އަށް ރާއްޖެ ފަރާތުން ކަނޑައަޅާގައި ހުންނެވި ސަފީރުކަން ވެސް ޝެހެނާޒް މީގެކުރިން ވަނީ ކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި ޕޮލިސީ ލެވަލް ގެ މަސައްކަތްތައް ކުރުމަށް ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމަށްޝެހެނާޒް އައްޔަނު ކުރެއްވުމާ އެކު މިހާރު ހަތް ބޭފުޅަކު އެ މަގާމުގައި ތިއްބަވާނެ އެވެ.