ދުނިޔެ

ޗައިނާ ސްމާޓްފޯނުތައް ރަޝިއާއަށް މަދުކޮށްފި

ޗައިނާގައި ސްމާޓްފޯން އުފެއްދާ ކުންފުނިތަކުން ރަޝިއާއަށް އެކްސްޕޯޓްކުރާ ސްމާޓްފޯންތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ވިލާތުން ރަޝިއާއަށް ދަތިކުރަން އަޅާފައި އޮތް ފިޔަވަޅުތަކުގައި ޗައިނާ ބައިވެރިވުމެއް ނޫނެވެ.

ރަޝިއާގައި ވަރަށް މަޝްހޫރު ޗައިނާ ސްމާޓްފޯންތައް ކަމަށްވާ ޝޯމީ އަދި ވާވޭގެ ބެލެވެނިވެރި ކުންފުނިން ބުނާ ގޮތުން ރަޝިއާއަށް ސްމާޓްފޯން ޝިޕްމަންޓައް މަދުކުރީ މަޝްހަރު އޮތް ގޮތުން ވިޔަފާރިއަށް ވެދާނެ ގޮތެއް އަންދާޒާ ކުރުމަށެވެ.

ފައިނޭޝަލް ޓައިމްސް ބުނާ ގޮތުން ރަޝިއާގައި އޮޕަރޭޓްކުރާ ބައެއް ކުންފުނިތަކުން ރަޝިއާ ދޫކޮށް ދާއިރު ޗައިނާއިން އެ ފުރުސަތުގެ ބޭނުން ހިފާނެ އެވެ. އަދި ރަޝިއާއަށް އެކަށީގެންވާ ވަރަށް ޗައިނާ ކުންފުނިތަކުން މުދާ އެތެރެ ކުރާނެ އެވެ.

ރަޝިއާ ސްމާޓްފޯން މާކެޓްގައި ޗައިނާ ސްމާޓްފޯންތައް 60 ޕަސެންޓް ހިއްސާކުރެ އެވެ. އެހެންކަމުން ރަޝިއާއަށް އަދި ޗައިނާ ގުޅިގެން ކުރާ ވިޔަފާރިއަށް ދެރަ ގޮތެއް ވާން ނޭދޭ ކަމަށް ވެސް ޝޯމީން ބުންޏެވެ.

ޔުކްރޭނަށް ރަޝިއާ އަރައިގަނެ ހިންގަމުން ގެންދާ އުދުވާނީ ހަމަލާތައް މުޅި ދުނިޔެ ކުށްވެރި ކުރެވެ އެވެ. އަދި ޔުކްރޭނުން ފޭބުމަށް ރަޝިއާއާށް ވަނީ ގޮވާލާފަ އެވެ.

ރަޝިއާއިން ބުނީ ރަޝިއާގެ ޝަރުތުތައް ޔުކްރޭނުން ގަބޫލު ކުރަންދެން ހަމަލާތައް ކުރިއަށް ދާނެ ކަމަށެވެ.