މަސްތުވާތަކެތި

ޕޯސްޓުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ،

ކަސްޓަމްސްއިން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެ އެތެެރެކުރި ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން މި މަހުގެ އެއް ވަނަ ދުވަހުހު ބަލާ ފާސްކުރި ޕާރުސަލަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ (546 ގްރާމް) އަދި މެފެޑްރޯން (585ގްރާމް) އަތުލައިގަތް ކަމަށެވެ.

މީގެ އިތުރުން އެގޮތުން މި މަހުގެ ހަވަނަ ދުވަހު ބަލާ ފާސްކުރި ޕާރުސަލަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 2.2 ކިލޯގެ ކޮކެއިން އަތުލައިގަތް ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.359 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.

އެ މަސްތުވާކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މަސްތުވާތެކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން ކަސްޓަމްސްއިން ވަނީ މިދިޔަ ޖެނުއަރީ މަހު ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްޓިކަލް ޓީމެއް ތައާރަފްކޮށް މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.