ސިފައިންގެ ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ސިފައިންގެ އިން ބުނެފި އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ސިފައިންގެ ޓްރެއިން ރަށް މާފިލާފުށީގައި ސިފައިންގެ ޓްރެއިން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސްފައިވާ ކަމަށެވެ. އެ ދެ ދަރިވަރުން މާލެ ގެނައީ ފަރުވާއަށް ކަމަށް ބުންޏެވެ. އަދި އެ ދަރިވަރުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.
އެ ދެ ދަރިވަރުންްގެ ހާލަތެއް ސާފުކޮށެއް ނުދިނެވެ.
ސިފައިންގެ ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާއިރު މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ދަރިވަރަކު ވަނީ މަރުވެފައެވެ.
މަރުވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. ރާފިލް މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.