ކުޑަކުދިން

ކުޑަކުދިންގެ ވާހަކަ ފޮތްތަކެއް ނެރެފި

ކުޑަކުދިންނަށް އަމާޒުކޮށް 15 ވާހަކަ ފޮތް ނެރެެފި އެވެ.

ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނެރުނީ އެ ސްކޫލުގެ ދިވެހި ޓީޗަރު އައިޝަތު ނަސީމާ ލިޔެފައިވާ ވާހަކަތަކެކެވެ.

އެ ވާހަކަ ފޮތްތައް ނެރެދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެވެ.

ފޮތްތައް ހާއްސަ ކޮށްފައިވަނީ ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ ކުދިންނާއި ހަ އަހަރާއި އަށް އަަހަރާ ދެމެދުގެ ދަރިވަރުންގެ އިތުރުން އަށް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ. މިއިން ކޮންމެ އުމުރު ފުރާއަަކަށް ވެސް ފަސް ވާހަކަ ފޮތް ނެރުނެވެ.

ވާހަކަ ފޮތްތަކުގެ ތެރޭގައި "ބަަދަލުވި މީދާގެ ގެ"، "ކާށި ކޮޅާއި މަސްކޮޅު" އަދި "ނުބޮއެވުނު އައިސްކްރީމް" ހިމެނެ އެވެ.

ނަސީމާ ވިދާޅުވީ އެ ވާހަކަ ފޮތްތައް އަންނަ ހަފްތާއިން ފެށިގެން ބުކްޝޮޕްތަކުން ލިބޭނެ ކަމަށާއި އަދި އުރީދޫގެ މޫލީ ޕްލެޓްފޯމްއިން ވެސް އެ ފޮތްތައް ލިބޭނެ ގޮތް ހަދަން މިހާރު މަަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮންމެ ފޮތެއްވެސް މި ބަލަނީ 25 ރުފިޔާއަށް ވުރެ ބޮޑު ނުވާގޮތަށް ވިއްކޭތޯ" ނަސީމާ ވިދާޅުވި އެވެ.