ހެރިޓޭޖް މިނިސްޓްރީ

އެންސީއޭ ގުރޫޕްތަކުން ވަލީދާ ބޭރުކޮށްފި

Mar 12, 2022
4

ހެރިޖޭޓް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) ގެ ވައިބާ ގުރޫޕްތަކުން އެެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ބޭރުކޮށްފި އެވެ. އެކަން އަވަސްއަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ވަލީދާއަކީ އެންސީގެ ދަށުން ހިންގާ އޮލިންޕަހާއި ފިލްމީ ދާއިރާގެ ކަންކަމުގައި މިނިސްޓްރީ ފަރާތުން އިސްކޮށް ހުންނެވި ފަރާތެކެވެ.

ފިލްމީ ދާއިރާއިން އާންމުންގެ ބޮޑު މަގުބޫލު ކަމަކާއި މަޝްހޫރު ކަމެއް ހޯދާފައިވާ ޑެޕިއުޓީ މިނިސްޓަރު ވަލީދާ އެންސީއޭގެ ވައިބާ ގުރޫޕްތަކުން ބޭރުކުރި ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ވަލީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި އެ މިނިސްޓްރީގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.

މެދުކެނޑުމަކަށް ފަހު 2020 ވަނަ އަހަރު ބޭއްވި ގައުމީ ފިލްމް އެވޯޑްސް ކުރިއަށް ގެންދިޔައީވެސް ވަލީދާގެ ބެލުމުގެ ދަށުންނެވެ. މިއީ މި ފަހުން ބޭއްވި އެންމެ އިންތިޒާމު ރަނގަޅު އަދި ދާއިރާގެ ފާޑުކިޔުން މަދު އެވޯޑް ނައިޓެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި ވަލީދާއަކީ އެ ޕާޓީގެ ސިޔާސީ ހަރަކާތުގައިވެސް ވަރަށް ފާހަގަކޮށްލެވުނު ބޭފުޅެކެވެ. އަދި މި ސަރުކާރު ގެނައުމަށް ޕާޓީތައް އެކުވެ ކުރި މަސައްކަތުގެ ތެރެއިންވެސް ވަލީދާ ފާހަގަވިއެވެ. އޭނާއަކީ ޖޭޕީގެ ކައުންސިލް މެންބަރެކެވެ.