ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ސްކްރީން ކުރެވޭ ހިދުމަތް ހާއްސަ ޕެކޭޖަކާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ތައާރަފްކޮށްފި އެވެ.
ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރެވޭ ހިދުމަތް ހާއްސަ ޕެކޭޖަކާ އެކު ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ތައާރަފްކުރީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަހަރީ ދުވަހާއި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެންނެވެ.
މި ޕެކޭޖުގެ ދަށުން އަންހެނުންގެ ޑޮކްޓަރަށް ދެއްކުމާއި ކަމާ ގުޅޭ ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުގެ ލަފާގެ މަތިން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދިނުމާ އެކަމާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ފަސޭހަކޮށްދީފައިވެ އެވެ.
ސާވިކަލް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުންދާ މީހުން ރާއްޖޭގައި އިތުރުވަމުންދާއިރު މިއީ ބަލީގެ އެންމެ ކުރީކޮޅު ދެނެގަވިއްޖެނަމަ ފަރުވާ ކޮށްގެން ރަނގަޅުވުމުގެ ފުރުސަތު އޮތް ބައްޔެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސާވިކަލް ކެންސަރުން ސަލާމަތްވުމަށްޓަކައި އެޗްޕީވީ ވެކްސިން ޖެހުމަށާއި ސިއްހީ މާހިރުންގެ ލަފާގެ ދަށުން ރަނގަޅު އާދަތަކުގައި ހިފެހެއްޓުމަށްވެސް އެދިފަ އެވެ.
ކެންސަރުގެ އެހެން ބާވަތްތައް ފަދައިން ސާވިކަލް ކެންސަރުން ރައްކާތެރިވެ ދިފާއުވުމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ގަވައިދުން ސްކްރީން ކުރުން ކުރިއަށް ގެންދިއުމެވެ.
ރާއްޖޭގެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުން ގެންދަނީ ޒަމާނީ ވަަސީލަތްތަކާ އެކު ބޮޑެތި ބަލިތަކުގެ ފަރުވާތައް ރާއްޖެއަށް ތައާރަފްކުރަމުންނެވެ.