އެމްއެމްއޭ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މަސް ބޭރުކުރި އަދަދު 24 ޕަސަންޓް ދަށް

Mar 12, 2022
އެންސިސްގެ މަސް ފެކްޓަރީއެއްގައި ބަޔަކު މަސައްކަތް ކުރަނީ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މަސް ބޭރުކުރި އަދަދު 24 ޕަސަންޓް ދަށްވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނޭ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެކްސްޕޯޓް ކުރި މަހުގެ އަދަދު 24 ޕަސަންޓް ދަށްވެއްޖެ އެެވެ.

މި މައުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ނެރޭ ކުއާޓަލީ އިކޮނޮމިކް ބްލެޓިންގަ އެވެ.

ބްލެޓިންގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި ރާއްޖޭން ވަނީ ޖުމްލަ 20،685.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފަ އެވެ. ނަމަވެސް 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިދިޔަ އަހަރުގެ ފަހު ތިން މަހު އެކްސްޕޯޓް ކުރި މަހުގެ ޖުމްލަ އަދަދުން ވަނީ 6،540.8 މެޓްރިކް ޓަނުގެ މަސް މަދުވެފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މަސް އެކްސްޕޯޓް ކުރި އަދަދު ދަށްވުމާ ގުޅިގެން ގަނޑުކުރި ކަޅުބިލަ މަސް އެކްސްޕޯޓް ކުރި އަދަދު ވަނީ 31 ޕަސަންޓް ދަށްވެފަ އެވެ. އަދި ރީދޫ އުރަހަ ކަންނެލި އެކްސްޕޯޓް ކުރި އަދަދު ވެސް ވަނީ 46 ޕަސަންޓް ދަށްވެފަ އެވެ.

އެކަމަކު ތާޒާކޮށް ބޭރުކުރި ރީދޫ އުރަހަލީ ކަންނެލި އެކްސްޕޯޓް ކުރި އަދަދު ވަނީ 41 ޕަސަންޓް އިތުރުވެފަ އެވެ. އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު ވަނީ 41 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖޭން ބޭރުކުރި މަހުގެ އަދަދު މިދިޔަ އަހަރުގެ ފަހު ތިން މަހު މަދުވި ނަމަވެސް 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިދިޔަ އަހަރުގެ ފަހު ތިން މަހު މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ތިން މަހު 23،874 މެޓްރިކް ޓަނުގެ މަސް، މަސްވެރިންގެ އަތުން ގަނެފައިވެ އެވެ. އެގޮތުން އެ މުއްދަތުގައި ގަނެފައިވާ ކަޅުބިލަ މަހުގެ އަދަދު 18 ޕަސެންޓް މަތިވެފައިވެ އެވެ. އެކަމަކު އެ މުއްދަތުގައި ރީދޫ އުރަހަ ކަންނެލި ގަތް އަދަދު ވަނީ 39 ޕަސަންޓް ދަށްވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910