މިފްކޯ

އެއްް ދުވަހުން 57 ޓަނުގެ މަސް، މިއީ ރެކޯޑެއް

Sep 29, 2022
1
"ޓީއެސް ލައިން" ދޯނިން ބޭނިން މަސްކިރުވާ ލިޔުން ހަވާލުކުރަނީ -- ފޮޓޯ: އިސްމާއިލް ފައުޒީ
0%
0%
0%

ގދ. މަޑަވެލީގެ "ޓީއެސް ލައިން" ދޯނިން އެއް ދުވަހެއްގައި އެންމެ ގިނަ މަސް ބާނައިގެން ރާއްޖޭގެ ތާރީހުގައި ރެކޯޑެއް ހަދައިފި އެވެ.

މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މިދިޔަ އަހަރު ވެސް މަސްކިރުވި ދޯންޏެވެ. އެގޮތުން މިދިޔަ އަހަރު މި ދޯނިން ކިރާފައިވަނީ 1،095 ޓަނުގެ މަހެވެ.

ރާއްޖޭގައި އެންމެ އާންމުކޮށް ކުރާ ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނަ މަސް -- 57.1 ޓަނުގެ މަސް ޓީއެސް ލައިން އަށް ބާނާ އިއްޔެ ވަނީ މިފްކޯގެ ކޫއްޑޫ ބަނދަރަށް ކިރާފަ އެވެ.

ޓީއެސް ލައިން ދޯނީގެ ތާރީހީ ކާމިޔާބީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވަނީ ފާހަގަކުރައްވާފަ އެވެ.

ޓީއެސް ލައިން ދޯނިން ބޭނި ހުރިހާ މަހެއް ވަނީ ކިރާފަ އެވެ. ފައުޒީ ވިދާޅުވީ މި ދޯނިން ކިރުވި މަަހަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ އެވެ.

"ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން.

އެއް ދުވަހާ އެންމެ ގިނަ މަސް ބާނައިގެން ޓީއެސް ލައިން ދޯންޏަށް ހާއްސަ ޝަރަފެއް ލިބުނު ނަމަވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރު ދެކުނުގެ މަސްވެރިން ބާނާ މަސް މިފްކޯގެ ކޫއްޑޫ ބަނދަރަށް ނުކިރުވޭ މައްސަލަ ވަރަށް ބޮޑެވެ. ނިމިދިޔަ ހަފްތާ ވެސް އެކަމުގައި މަސްވެރިން އިހްތިޖާޖުކޮށްފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގަޓުގަޓު

އެއްދުވަހުން 100ޓަނު މަސް ވެސް ބޭނިދާނެ. ކިރޭނެބާ!!؟ކިރޭނަމަ ވަގުތުން ލާރިކޮޅު އަތަށް ލިބޭނެބާ!!؟؟؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910