އައްޑޫ ސިޓީ

އައްޑޫން 27 ބިމެއް ލޯކަލް ޓޫރިޒަމަށް ހުޅުވާލައިފި

އައްޑޫގައި ލޯކަލް ޓުއަރިޒަމް ތަަރައްގީކުރުމަށް 27 ބިމެއް ދޫކުރަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިންތައް ދޫކުރަން ނިންމާފައި ވަނީ ގެސްޓް ހައުސްތަކާއި ހޮޓާތައް އެޅުމަށެވެ.

އެގޮތުން ހިތަދޫގެ މާމެން ބީޗު ސަރަަހައްދުން ހަ ބިމަކާއި ފޭދޫ ސަވާ ބީޗުން ދެ ބިމާއި ހުޅުދޫ ކޭވަށް ބީޗުން ނުވަ ބިމެއް ދޫކުރާނެ އެވެ. އަދި މީދޫ ކޯގަން ބީޗު ސަރަހައްދުން ވެސް 10 ބިން ދޫކުރަން ނިންމައި ބިޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ބިން ތަކަށް ބިޑު ކުރުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 30 އެވެ.

އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިދިޔަ ޖުލައި މަހު އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސްގެ އަމާޒަށް ވާސިލު ވެވޭނެ ކަމަށެވެ. ނަމަވެސް އެ އަދަދަށް ދެ އަހަރު ތެރޭގައި އަނދުތައް ތަރައްގީ ކުރެވިދާނެ ކަަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.