ތަފާތުބޮޑު ނަތީޖާއެއް ކަމަށްވާ 4-0 އިން ބަނގްލަދޭޝް ބަލިކޮށް ޗެމްޕިއަން އަފްގާނިސްތާން ތަށި ދިފާއު ކުރުމުގެ ކެމްޕޭން ފަށައިފި އެވެ.
މުބާރާތުގައި މިހާތަނށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއާއެކު ބަނގްލަދޭޝް ގްރޫޕް ބީގެ ފުލަށް އަދި އަފްގާނިސްތާން ވަނީ ޓޭބަލުގެ އެއްވަނާގަ އެވެ. ދެ ވަނާގައިވަނީ މިއަދު ހަވީރު ބޫޓާން އަތުން 3-1އިން މޮޅުވި ދިވެހިރާއްޖެ އެވެ.
އުއްމީދަކީ ތަށި ހޯދުން ކަމަށްބުނެ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވި ބަނގްލަދޭޝް ބަލިވުމުގެ މައިގަނޑު އަސްލަކީ ފުރަަތަމަ ހާފުގައި ގާތްގާތުގައި ވަން ދެ ލަނޑެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ 30 ވަނަ މިނިޓްގައި ޖެހީ ޖަރުމަނު ލީގުގައި ކުޅޭ ވަރުގަދަ ޑިފެންސިވް މިޑްފީލްޑަރު މަސީހް ސައިގާނީ އެވެ. އޭނާ މި ލަނޑު ޖެހިތާ ދެ މިނިޓްފަހުން ހުސްކޮށް ލިބުނު ބޯޅައެއްގައި ކުރިއަރައި ކީޕަރު ބޯމަތިން ފޮނުވާލައިގެން ދެ ވަނަ ލަނޑުޖެހީ ތައިލެންޑް ލީގުގައި ކުޅޭ ކެޕްޓަން ފައިސަލް ޝަޔޭޝްތާ އެވެ.
ޔޫރަޕުގައި ކުޅޭ 18 ކުޅުންތެރިން ތިބި އަފްގާނިސްތާނުގެ ތިން ވަނަ ލަނޑު ޖެހީ 40 ވަނަ މިނިޓްގައި ޒުބޭރު އާމިރީ އެވެ. އޭނާ އަކީ ވެސް ޖަރުމަނުގެ ތިން ވަނަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިއެކެވެ.
ކުރު އަދި އަވަސް ޕާސްތަކަކާއެކު މުޅި މެޗު ކޮންޓްރޯލްކުރި އަފްގާނިސްތާން ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ހައިބަރު އަމާނީ އެވެ. އޭނާ އަކީ ތިން ވަނަ ލަނޑު ޒުބާރާއެއް ޓީމަކަށް ކުޅޭ ކުޅުންތެރިއެކެވެ.
މި މެޗުގައި ބަނގްލަދޭޝް އަށް ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ނަމަވެސް ޖުމުލަކޮށް އެމީހުން އުޅެން ޖެހުނީ އަފްގާނިސްތާން ކުޅުންތެރިން އަތުނުވެގެންނެވެ.