އިސްލާމިކް މިނިސްޓްރީ

ފުވައްމުލަކުގައި ގުރުއާނާ ބެހޭ މަރުކަޒެއް އަޅަން ހަވާލުކޮށްފި

ފުވައްމުލައް ސިޓީގައި ގުރުއާނާ ބެހޭ މަރުކަޒެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރީ ރައިސާ ޕްރައިވެޓް ލިމިޓަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. ރައިސާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެޗް.އާރް މެނޭޖަރު މުސްތޮފާ މުހައްމަދުފުޅެވެ.

މިރަސްމިއްޔާތުގައި ޑރ. ޒާހިރު ވިދާޅުވީ ފުވައްމުލަކުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އަޅަން ނިންމީ އެ މަރުކަޒުގެ ކޯސްތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބެގެން ކިޔެވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ދައުލަތުގެ ބަޖެޓު 12 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ހަދަނީ ދެ ފަންގިފިލާގެ އިމާރާތެކެވެ.

އިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭއިރު އެތަނުގެ ގްރައުންޑް ފްލޯގައި މީޓިން ރޫމަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއް ހުންނާނެ އެވެ. އަދި ފުރަތަމަ ފަންގިފިލާގައި އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރަން ހާއްސަ ތަނަކާއި ހަތަރު ކްލާސް ރޫމް ހުންނާނެ އެެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެއް ރަށެއްގައި އެންމެ ގިނަ ބަޔަކު ގުރުއާން ހިތުދަސް ހާފިޒުން އެންމެ ގިނަ އިން ތިބި ރަށެވެ.