ދުނިޔެ

މެޓާއަށް ރަޝިއާގައި މިއިން ޒަމާނަކު ޚިދުމަތް ނުދެވޭނެ

ފޭސްބުކް އާއި އިންސްޓާގްރާމް އަދި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި، މެޓާ ޕްލެޓްފޯމްގެ އެއްވެސް އުފެއްދުމެއް ރަޝިއާގައި މިއިން ޒަމާނަކު ވެސް ބޭނުން ނުކުރެވޭނެ ކަމަށް ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

ޕެސްކޯފް ވިދާޅުވި ގޮތުން މެޓާއާ މެދު ރަޝިއާ ސަރުކާރުން މިވަގުތު ގެންގުޅޭ ވިސްނުމަކީ އެއީ އެވެ. އޭނާ އަދި ވިދާޅުވީ މެޓާގެ މެނޭޖްމަންޓަށް ދަތި އުނދަގޫ ގައުމަކަށް ރަޝިއާ ވާނެ ކަމަށެވެ.

މޭޓާ ޕްލެޓްފޯމްގެ ބެލެނިވެރި ކަމުގެ ދަށުން އޮޕަރޭޓްކުރާ މަގުބޫލް ފޭސްބުކް އާއި އިންސްޓާގްރާމް ބޭނުންކުރާ އެތައް މިލިއަން މީހުން ރަޝިއާގައި އުޅެ އެވެ.

އަދި ރަޝިއާގައި ވިޔަފާރި އުފެއްދުންތައް އިޝްތިހާރު ކޮށްގެން މެޓާއަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

ރަޝިއާގައި ފޭސްބުކް އާއި އިންސްޓާގްރާމް މަނާކުރި ސަބަބަކީ ޔުކްރޭނަށް ރަޝިއާ ސިފައިން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ފޭސްބުކާއި އިންސްޓާގްރާމުން ރަޝިއާގެ މީޑިއާތައް ބްލޮކް ކުރުމެވެ.

އަދި ރަޝިއާއާ ދެކޮޅު މެސެޖްތަކަށް ފޭސްބުކާއި އިންސްޓާގްރާމް ހުޅުވާލައި މީގެ ކުރިން ފޭސްބުކް ބޭނުންކުރާ މީހުންނަށް ހުއްދަ ދީފައި ނުވާ ޖަރީމާތައް ރަޝިއާއާ ދެކޮޅަށް ފޭސްބުކް މެދުވެރިކޮށް ހިންގަން ވަނީ ފުރުސަތު ދީފަ އެވެ.

ފޭސްބުކް އާއި އިންސްޓާގްރާމްގައި ދައުލަތް ޕްރޮމޯޓްވާ ގޮތަށް ރަޝިއާގައި އެކައްޗެއް ވެސް ޕޯސްޓް ނުކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ.

ރަޝިއާ ސިފައިންނަށް އަނިޔާ ކުރަން ބާރުއަޅައި ހިތްވަރުދޭ މެސެޖްތަކާއި އަނިޔާކުރަން ގޮވާލާލައި އަޑާއި ވީޑިއޯ ޕޯސްޓްކުރަން ވެސް ވަނީ ހުއްދަ ދީފަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް މަލާމާތްކޮށް މަރާލަން ގޮވާލައި ފޭސްބުކް އާއި އިންސްޓަގްރާމްގައި ޕޯސްޓްރުތައް ތަތްކުރެވޭނެ ކަމަށް ވެސް މެޓާއިން އޮތީ ބުނެފަ އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ރަޝިއާގެ ފަސްގަނޑުގައި ޕޭޓާއަށް ދެން އޮޕަރޭޓް ކުރެވޭނެ ކަމާ މެދު ޝައްކެވެ. ފޭސްބުކާ މެދު ރަޝިއާ ވަރަށް ސީރިއަސްކޮށް ވިސްނާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.