އަލިފާން

"ނިޔާމަ" ބޯޓު އެކީ އަނދައި އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުމެއް

Dec 25, 2015
6
  • ބ އަތޮޅަށް އެންމެ ގިނަ މުދާ ގެންދަނީ މި ބޯޓް
  • އަލިފާން ހިފީ ބާރު އަޑެއް އިވިފައި
  • މީހަކަށް ގެއްލުމެއް ނުވޭ

ތުޅާދޫ ފަޅު ތެެރޭގައި އޮތް މާލެ ދަތުރު ކުރާ ބޯޓެއްގައި އަލިފާން ރޯވެ އެކީ އަދައި ހުލިވެއްޖެ އެވެ.

ރޭ ފަތިހު 3:00 އެހާކަން ހާ އިރު ހިނގި މި ހާދިސާގައި އެކީ އަނދައިގެން ދިޔައީ، އޭދަފުއްޓަށް ނިސްބަތްވާ، "ނިޔާމަ" ބޯޓެެވެ. ފުލުހުން ބުނީ ބޯޓްގައި އަލިފާން ރޯވި އިރު ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީއަކު ބޯޓުގައި ތިބި ކަމަށެވެ. އެ މީހުންނާ ހަވާލާދީ ފުލުހުން ބުނީ ބޯޓްގައި އަލިފާން ރޯވީ ބޯޓުގެ ތެރެއިން ބާރު އަޑެއް އިވިފައި ކަމަށެވެ. އަލިފާން ރޯވުމާ އެކު އެތިން މީހުން ވަނީ ބޯޓުން ފަޅުތެރެއަށް ފުންމާލާ ސަލާމަތްވެފަ އެވެ.

އެއްވެސް މީހަކަށް ހާދިސާގައި އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަލިފާންގަނޑު ނިންވާލެވުނީ ފަތިހު 4:30 އެހާކަން ހާއިރު އެވެ. އެ މަސައްކަތުގައި ތުޅާދޫ ރައްޔިތުން ވެސް ހަރަކާތްތެރިވި އެވެ.

އެ ބޯޓުގައި ހުރީ ކޮން ޒާތެއްގެ މުދަލެއް ކަމެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް އެއީ މާލެއިން ބ އަތޮޅަށް މުދަލާއި މީހުން ވަރަށް ގިނަ އަދަދަކަށް ގެންދާ ބޯޓެކެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގި އިރު މުދާ ހުރި ކަމެއް ނޭނގެ އެވެ.