އަލިފާން

ދުވާފަރު ދޯންޏެއްގައި ރޯވެ ތިން މީހުން ފިހިއްޖެ

ކެމިކަލް ތަކެއްގެ ސަބަބުން ދުވާފަރު ދޯންޏެއްގައި ރޯވެ، ތިން މީހަކު ފިހިއްޖެ އެވެ.

ހުއިފިލަނޑާ ނެގުމަށް ބޭނުންކުރަމުންދިޔަ މި ބޯޓުގައި ރޯވެފައިވަނީ ކެމިކަލްތެކެއް ދޯނިތެރޭގައި ގެންގުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފަ ވެއެވެ.

ދޯނި ރޯވުމުގެ ސަބަބުން ފިހުނު ތިން މީހުންވެސް މިހާރު ވަނީ އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސޕިޓަލަށް ގެންގޮސްފަ އެވެ.

ފިހުނު ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ރ. ދުވާފަރަށް ނިސްބަތްވާ މީހުންނެވެ. އަނިޔާވި އަނެއް މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.