ކަނޑުމަތީގެ ހާދިސާ

ރިސޯޓެއްގެ ކައިރީގައި ފީނަމުން ދިޔަ ދިވެއްސަކު މަރުވެއްޖެ

ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ ރިސޯޓު ކައިރީގައި ފީނަމުން ދިޔަ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އޭނާ ފީނަމުން ދަނިކޮށް ހަށިގަނޑު ހުއްޓުމާ ގުޅިގެން މިއަދު މެންދުރުފަހު 2:12 ހާއިރު ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.

މަރުވި މީހާއާ އެކު އިތުރު ބަޔަކުވެސް ފީނަމުން ދިޔަ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.