މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑުމަތިން 12 ކިލޯގެ ޑުރަގް އަތުލައިގެންފި

Mar 15, 2022
1

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތިން މަސްތުވާތަކެއްޗާއެކު އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު ބުނީ، ހައްޔަރު ކުރި މީހާ އަކީ މީގެ ކުރިން ވެސް ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.