މޯލްޑިވްސް ޕޮލިސް ސާވިސް

ކިންގްސް ފޮރެކްސްގެ ފަންޑުގެ މައްސަލަ ބަލަނީ

Mar 15, 2022
3
ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ. އޭނާގެ ބައިވެރިވުމާ އެކު ހިންގާ ފަންޑެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ ބައިވެރިވާ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކުންފުނިން ހިންގާ ފަންޑުގެ މައްސަލަ ބަލަން ފަށައިފި އެވެ.

ކިންގްސްގެ ފަންޑާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ބުނީ ފަންޑުގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ތަހުގީގުގެ ކުރިއަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"މިވަގުތަށް އަޅުގަނޑުމެންނަށް އެކަމުގައި ދެންނެވެން އޮތީ މިވަރަށް،" އޮފިޝަލް ވިދާޅުވި އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިންގުން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައިގަނޑު މުއާމަލާތްތައް ކުރަމުން ދިޔަ އެކައުންޓް ބީއެމްއެލް އިން ވަނީ ފްރީޒްކޮށްފަ އެވެ.

އަލްހާން ކުރިން ވިދާޅުވި ގޮތުގައި ބީއެމްއެލް އިން އެކައުންޓް ފްރީޒް ކުރީ ފައިސާ ލިބޭ ގޮތް ނުވަތަ ސޯސް ބޭންކަށް ނޭނގޭތީ ކަމަށް ބުނުމަށްފަހު ކަމަށެވެ. ކިންގްސް އިން ހިންގަނީ ޕޮންޒީ ސްކީމެއް ނޫން ކަމަށްވެސް އަލްހާން ޔަގީންކޮށްދެއްވަ އެވެ.

އަލްހާން އިތުރަށް ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެކައުންޓް ފްރީޒްކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާ ކުރައްވާނެ ކަމަށެވެ.

ކިންގްސް ފޮރެެކްސް ޓްރޭޑިންގެ އެކައުންޓް ފްރީޒް ކުރުމާ އެކު މަރުކަޒީ ބޭންކް -- އެމްއެމްއޭ އާއި ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ސްކީމު ތަކެއްގެ ގޮތުގައި އެކި ނަންނަމުގައި ފައިސާގެ މުއާމަލާތް ހިންގާ މީހުންގެ ސައްހަކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910