މާލޭ ސަރަަހައްދުން ފްލެޓާއި ގޯތި ލިބިފައިވާ މީހުންނަށް އޮފީސްތަކުން ވެސް ފްލެޓް ލިބިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު އެއްބަސްވެ ވަޑައިގެންފި އެވެ.
އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އަބްދުލް ގަނީ ވިދާޅުވީ މާލޭ ސަރަހައްދުން ފްލެޓް އަދި ގޯތި ދެވިފައި ހުރި ފަރާތްތަކުގެ ތެރޭގައި އޮފީސްތަކުން ދުކުރާ ފްލެޓް ވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރަން ވިސްނުން ހުރިގޮތާ ގުޅޭ ގޮތުން ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި އަސްލަމް ވިދާޅުވީ އެފަދަ ގޮތަކަށް ފްލެޓް ދެވިފައި އެބަހުރި ކަމަށާއި އަދި އެގޮތަށް ފްލެޓް ދެވިފައިވަނީ ވެސް ފްލެޓްދޭ ނިޒާމްގެ ތެރެއިން ފުރޭނިގެން އައިސްގެން ކަމަށެވެ.
އެހެން ނަމަވެސް އެކަން ކޮށްފައިވަނީ ނިޒާމްގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުަވަތަ ބާގަނޑުތައް ހޯދައިގެންކަން ސީދާ ބުނަން ނޭނގޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަކަމަކު އަޅުގަނޑު ނެތިން ދަންނަވާކަށް ވަކި މީހަކު ކުރި ކަަމެކޭ" އަސްލަމް ވިދާޅުވި އެވެ.
ފްލެޓާއި ގޯތި ކުރިން ލިބުނު މީހުންނަށް ވެސް ފްލެޓް ލިބޭތީ އެކަން ތަކުރާރުނުވާނެ ގޮތަށް ހެދުމަށް ވިސްނުން ހުރި ގޮތާ ގުޅޭ ގޮތުން ކުރި ސުވާލަށް އަސްލަމް ޖަވާބެއް ނުދެއްވަ އެވެ.