ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތް އިންޝުއަރެންސް ސްކީމްގައި މުވައްޒަފުންގެ މައިންބަފައިން ބައިވެރިކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާ އަހްމަދު ޝަރީފް ހަވާލުވެވަޑައިގަތުމަށްފަހު މުވައްޒަފުންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް ވަނީ އޮޅުންފިލުއްވާފަ އެވެ.
އެގޮތުން މުވައްޒަފުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މުވައްޒަފުންގެ މައިންބަފައިން ހެލްތު އިންޝުއަރެންސް ސްކީމުގައި ބައިވެރި ނުކުރެވޭ މައްސަލަ ފާހަގަކުރި އެވެ. އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ޝަރީފް މިވަނީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަމަށް ހައްލު ހޯއްދަވައިދެއްވާފަ އެވެ.'
ސްޓެލްކޯ އިން ކުރިން ބުނީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުންފުނީގެ ހެލްތް އިންޝުއަރެންސް ސްކީމް ބަދަލުކޮށް ކަންބޮޑުވުންތަކަށް ހައްލު ހޯދާފައިވާ ކަމަށެވެ. އެގޮތުން ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި ސްޓެލްކޯ މުވައްޒަފުން މިހާރު ބޭނުން ކުރަނީ އެލައިޑް އިންޝުއަރެންސް ސްކީމެވެ.
"މި ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ޝަރީފް ވިދާޅުވީ އެލައިޑް ސްކީމްގައި ހަމަޖެހިފައިވާ އުސޫލުން މުވައްޒަފު ބޭނުންވާނަމަ މައިންބަފައިން އެ ސްކީމްގައި ބައިވެރި ކުރެވޭނެ ކަމަށެވެ.