އަހުމަދު ޝަރީފް އާދަމް

ޝަރީފު އެމްޑީޕީއަށް ސޮއިކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ޝަރީފު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޝަރީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަރީފު އައްޔަންކުރީ މާޗް 2018ގަ އެވެ. ކޮމިޝަންގެ މެންބަރަކަށް އައްޔަންކުރުމުގެ ކުރިން ޝަރީފު ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.

އެ ކޮމިޝަނުން ޝަރީފު އިސްތިއުފާ ދެއްވީ ޖޫން 2021ގަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަރީފު އައްޔަންކުރީ މިއަހަރުގެ މާޗް މަހު އެވެ.