މިނިސްޓްރީ އޮފް އެޑިއުކޭޝަން

ވާދޫ ސްކޫލުގައި އިމާރާތެއް އަޅަން ހަވާލުކޮށްފި

ރ. ވާދޫ ސްކޫލުގައި ދެ ބުރީގެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

އެއްބަސްވުމުގައި ނެކްސްޓާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސައީދު މުހައްމަދު އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދު އެވެ.

އެ މަސައްކަތް ނެކްސްޓާއާ ހަވާލުކުރީ 4.8 މިލއަން ރުފިޔާ އަށް 99 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.