ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ޖަމިއްޔާތަކަށް ހިލޭ އެހީ ދޭން ފަންޑެއް

Mar 17, 2022

ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑެއް އިފްތިހާހުކޮށްފި އެެވެ.

ބީއެމްއެލް އިން ބުނީ މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލެވިފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފަސް ވަނަ ހަރަކާތެއްގެ ގޮތުގައި މި ތައާރަފްކުރެވެނީ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓު ކަމަށެވެ.

" މި ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓް ތަކަށް އެހީތެރިކަން ލިބިގެންދާނެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ،" ޓިމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން."

ބީއެމްއެލް އިން ހިންގާފައިވާ ހަރަކާތްތައް

ފެބްރުވަރީ -–ހައުސިންގ ގްރާންޓް
ޖަނަވަރީ - ބީއެމްއެލް ސްޓާރޓްއަޕް ގްރާންޓް
ޑިސެންބަރު - ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
ނޮވެންބަރު - ބީއެމްއެލް ސްކޮލާޝިޕް ފަންޑު

މި އެހީ އަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ މެއި މަހުގެ ނިޔަލަށެވެ. މި ކަމަށް ކުރިމަތި ލެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށެވެ.