ކްރިމިނަލް ކޯޓް

ބާރަ ކުރުނބާ ވަގަށް ނެގި މީހަކަށް 331 ގަޑިއިރު ހިދުމަތް ކުރަން ޖެހިއްޖެ

ބާރަ ކުރުނބާ ވަގަށް ނެގި މީހަކު 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމް އައީ ޏ. ފުވައްމުލައް ލިލީވިލާ އަހުމަދު އަބްދުﷲ ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ އޮކްޓޫބަރު 10، 2021 ވަނަ ދުވަހު 10:30 ހާއިރު ފުވައްމުލަކު ދިގުވާޑް ނޫމުތީ ގޯތީގައި ހުރި ދެ ރުކުން 12 ކުރުނބާ ވަރަށް އަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަހުމަދު އަބްދުﷲ ވަނީ ކުށް ކުރެވިފައިވާ ކަމަށް ގަބޫލުކޮށް ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ކުށުގެ އަމަލު ހިންގި ގޮތް ޝަރީއަތަށް ކިޔައިދީފައެވެ.

އެެހެން ކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައެވެ. މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ އެ ކުށާއި ގުޅިގެން އޭނާގެ މައްޗަށް ކަނޑައެޅޭ ދެ މަހާއި ދެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ އަދަބުގެ ބާވަތް ބަދަލުކޮށް 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަދު ކަނޑައަޅާ ކަމަށެވެ.