ކުޅިވަރު

ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް 15 ބޭފުޅަކަށް

މިރޭ އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގައި ލައިފްޓައިމް އެޗީވްމަންޓް 15 ބޭފުޅަކަށް ވަނީ އަރުވާފައި --
40%
40%
20%

މިރޭ އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 15 ބޭފުޅަކަށް އަރުވައިފި އެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.

މިރޭ އޮތް ކުލަގަދަ ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށާއި ނާއިބު ރައީސް ކަމާއި ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އާއި ގައުމީ ހިދުމަތްތެރިޔާ އަލްމަރުހޫމް އުމަރު ޒާހިރު އާއި އަލްމަރުހޫމް ޒާހިރު ނަސީރު އާއި ރައީސް މައުމޫންގެ ވެރިކަމުގައި ކުޅިވަރު ވަޒީރުކަން ކުރެއްވި އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް އިސްމާއީލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލި މަނިކަށެވެ.

މީގެ އިތުރުން ކުޅިވަރަށް ގިނަ ހިދުމަތަތްކެއް ކޮސްދެއްވި އަބްދުއްސައްތާރު (ކެނެރީ) އާއި ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު އާއި އަލްމަރްހޫމް ޔޫސުފް ފުޅު (ބާނީ ޔޫސުފް) އާއި ފާއިޒު ސަމަދުގެ އިތުރުން ގައުމީ ޓީމަށް ހިދުމަތްތަކެއް ކޮށްދެއްވި ހަސަން ނިޒާރު (ބޮޑޭ) އާއި ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ވިދާލި ފެނާންޑޯ އާއި އަލްމަރްހޫމް އަލީ ނަސީމް އަދި މަރްހޫމް މާދިހް އިސްމާއީލް އަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅަކަށްވެސް ވަނީ އެވޯޑް ދެއްވާފައެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝައްފަ

ކޮން ފެނޭންޑޯ އެއް ތަ ؟ އިބޫ ގެ ޕްރިންސިޕަލް ތަ ؟ ކޮން ސައްތާރެއް ތަ ؟ ނަޝީދު ގެ ބައްޕަ ތަ ؟

މުބީނު މާރނީ

ކުޑަ މޫސަ އަކީ ވަކި މީހަކު ކުރިން ރައްޓެހިވި މީހާ. ކުޑަ މޫސަ ނީނީމާ ޙަސަދަ ފިލުވާލީތަ ؟

ޝައްފަ

ފާއިޒް ސަމަދު އަކީ އިބޫ ގެ ދައްތަ ޢާއިޝަތު ސޯލިޙު ގެ ފިރިމީހާ. ކުރި ޙިތުމަތަކީ ކޮބާ ބާ؟ ކްރިކެޓް ކުޅުން އެއީ ޙިދުމަތެއް ތަ ؟

ޙ

ކެނެރީ ސައްތާރު. ފާއިޒް ސަމަދު. ފެނާންޑޯ މީ މިއެވޯޑް ހައްގު ބައެއް ނޫން.....ރިނބުދޫ ނާސިރު ކުއީން ވަހީދު... ކޮބާ

އާކޭ

ކޮބާ ކުޑަ މޫސަ

ޙަސަނާ

15 ބޭފުޅަކަށް މި އެވޯޑް ލިބުނު ކަމަށް އޮތްއިރު އޮތީ 14 ބޭފުޅުންގެ ނަން. މަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރަށް ވެސް މި އެވޯޑް ލިބުނު. އޭނާގެ ނަމެއް މި ލިޔުގައެއް ނެތް. ލިޔާ އެއްޗެހި ލިޔެ ނިންމާލާފައި ޗެކުކޮށްލުމެއް ވެސް ނޯވޭދޯ؟

ވާނުވާ ލިޔުން

ރަގަޅަށް ނުކިޔާކަންވެސް ފާހަގަކުރެވޭ. މިރޭ އޮތް ކުލަގަދަ ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށާއި ނާއިބު ރައީސް ކަމާއި ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އާއި ގައުމީ ހިދުމަތްތެރިޔާ އަލްމަރުހޫމް އުމަރު ޒާހިރު އާއި އަލްމަރުހޫމް ޒާހިރު ނަސީރު އާއި ރައީސް މައުމޫންގެ ވެރިކަމުގައި ކުޅިވަރު ވަޒީރުކަން ކުރެއްވި އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް އިސްމާއީލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލި މަނިކަށެވެ. އެޕެރެގްރާފް ރަގަޅަށް ކިޔުއްވާލާ. އޭރުން ފަހުމްވާނެ.

ނައުއޯކޭ

މަ އަދި މިހިރީ ޒާހިރު ނަސީރަށް އެވޯޑްނުދީ އެހެން އެތައް ބަޔަކަށް އެވޯޑްދިނީ ކަމަށް ހީކޮށް ވަރަށް ހިތްހަމަނުޖެހިފައި.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910