ޓޫރިޒަމް

ޓޫރިޒަމް އިންވެސްޓަރުން ހޯދަން އިންޑިއާގައި އިވެންޓެއް ބާއްވައިފި

Mar 18, 2022

ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިންނާއެކު "ޓޫރިޒަމް ކަނެކްޓިވީ" ގެ ނަމުގައި އިންވެސްޓްމަންޓް ހޯދަން މުންބާއީގައި އިވެންޓެއް ބާއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަދި
ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓުގައި ރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓާއި ކަނެކް ޓިވިޓީ ފަހިކުރުމުގެ ގޮ ތުން ވަކިން ހާއްސަކޮށް ބޭއްވި އިވެންޓެއް ކަމަށެވެ.

ތިލަދުންމައްޗާއި މިލަދުން މަޑުލުގެ ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ . އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ވެސް ބައިވެރިވެފައިވެ އެވެ.

އިންޑިއާގެ އިންވެސްޓަރުންނާއި އެއާ ލައިން އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާ ބައިވެރިވި މި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވި ޓީގެ ފުރުސަތުތަކު ގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މަޢުލޫމާތު ހިއްސާކުރެވި ފަތުރުވެރިކަމުގެ މުއާމަލާތްތައް ކުރުމުގެ މަޝްވަރާތައް ކޮށްފައިވެ އެވެ. އަދި އިވެންޓުގައި ފަތުރުވެރިކަމުގެ ރަންއަހަރުގެ ތީމް ސޯންގް "ނަލަ ނަލަ ރާއްޖެ" އިޝްތިހާރު ކުރުމާއި ގޯލްޑަން ޖުބްލީގެ އެކި އެކި ހަރާކާތްތަކުގެ ތެރެއިން ފޭސްބުކްއާއި އިންސްޓެގްރާމްގަ ވީޑިއޯ ޗެލެންޖެއް ކުރިއަށް ގެންދިއުމަށް އިޢުލާންކުރެވުނެވެ.