ވިޔަފާރި

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކަށް އިންޑިއާ

Nov 20, 2020
4
ގަތަރު އެއާވޭސްގެ ފްލައިޓަކުން މީހުން ފައިބަނީ: އެންމެ ގިނަ މީހުން ގެނެސްދީފައިވަނީ އެމިރޭޓްސް -- ފޮޓޯ: އަވަސް
0%
0%
0%

ބޯޑަރު ހުޅުވި ފަހުން ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކަށް އަވަށްޓެރި އިންޑިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ 15 އިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިން ނެވެ. އެ ގައުމުން މިހާތަނަށް 12,961 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށް، ޓޫރިޒަމްގެ 21.9 ޕަސެންޓް ހިއްސާކޮށްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން މީހުން އައިސްފައިވާ އިންޑިއާއިން 5,449 ޓޫރިސްޓުން ޒިޔާރަތްކޮށް ޓޫރިޒަމްގެ 9.2 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ.

އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރުވެފައިވާއިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު ފުޅާ ކުރުމުގެ ގޮތުން "ޓްރެވަލް ބަބަލް" ހަދާފައިވެ އެވެ. އިންޑިއާ މީހުންނަށް ފަސޭހައިން ރާއްޖެ އާދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގެނެސްފައިވާ މި ބަދަލާއެކު އެ ގައުމާއި ރާއްޖެއާ ދެމެދު އިންޑިއާގެ "އިންޑިއޯ" އާއި "ގޯއެއާ" އަދި "އެއާ އިންޑިއާ" އަދި "ސްޕައިސް ޖެޓް" އިން ދަނީ ދަތުރު ކުރަމުންނެވެ. މިހާތަނަށް އިންޑިގޯ އިން 92 ފްލައިޓް އަޅައި ގެނެސްދީފައިވަނީ 4,789 މީހުންނެވެ. އަދި އެއާ އިންޑިއާ އިން 24 ފްލައިޓް އަޅައި 1,209 މީހުން ގެނެސްދީފައިވެ އެވެ. މީގެ އިތުރުން 26 ފްލައިޓު އަޅައި 284 މީހުން ރާއްޖެ ގެނެސްދީފައިވެ އެވެ.

އިންޑިއާގެ ޓޫރިސްޓުން އިތުރުވާއިރު، ބޯޑަރު ހުޅުވިފަހުން ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި މާކެޓިން ހަރަކާތްތައް ގެންދާގޮތާމެދު އިންޑަސްޓްރީގެ ޝަކުވާ ބޮޑުވެފައިވާ އެމްއެމްޕީއާރުސީ އިން ދަނީ ކެނޑިނޭޅި އިންޑިއާ އިން މީހުން ގެންނަން މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން މިހާތަނަށް 59,105 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދުވަނީ، ބޯޑަރު ބަންދު ކުރުމާއެކު އައި 382,760 ޓޫރިސްޓުންނާއެކު ބަލާނަމަ 441,952 އަށް އަރާފަ އެވެ. ބޯޑަރު މާޗު މަހު ބަންދު ކުރިއިރު އެވްރެޖު ގޮތެއްގައި ދުވާލަކު ރާއްޖެއަށް އަންނަނީ 4,206 މީހުންނެވެ. ނަމަވެސް މިހާރު ދުވާލަކު އަންނަނީ 1,991 މީހުންނެވެ. އަދި މިމަހުގެ އެއްކަކުން 18 ގެ ނިޔަލަށް 18,723 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން މީހުން އުފުލާ ދީފައިވަނީ އެމިރޭޓްސް އިންނެވެ. އެ އެއާލައިނުން 19,740 މީހުން ރާއްޖެ ގެނެސްދީފައިވެ އެވެ. އަދި އެންމެ ގިނަ ފްލައިޓް އަޅާފައިވަނީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އިން 246 ފްލައިޓް އަޅާފައިވެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގޯސް

ޓޫރިސްޓުންގެ ނަމުގަ އެތެރެވި ލޭބަރުންނާ މިލިޓަރީ މީހުންގެ ކަނޑާލީމަ އަ ދަ ދު ވަރަށް ބޮޑުތަނުން ދައްވާނެ.

ޑޮލަރު

އެއްމެ ގިނަ ކޮވިޑް ވެސް އައީ އިންޑިޔާއިން!

ލާމު

އެންމެ ގިނަ ޓޫރިސްޓުން އައިގައުމު ހެޑިންގއަށް ނާރާ ދެވަނައަށް އެންމެ ގިން ޓޫރިސްޓުން އައި ގައުމުގެ ވާހަކަ ހެޑިންގއަށް މިއަރަނީ ކީއްވެ؟

ރާއްޖެ

ބެކްޔާޑް ވީމަ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910