އޮމްބަޑްސްޕާސްންސްގެ އޮފީސް

ތިނަދޫން މީހުން ބޭލި މައްސަލައިގެ ބަޔާން ނެގުން މާދަމާ

Mar 18, 2022
3
ދިވެހި ސިފައިން 1962 ވަނަ އަހަރު ތިނަދޫއަށް އަރައި އެރަށުން މީހުން ބާލަނީ
0%
100%
0%

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކުރުމަށް އެރަށު މީހުންގެ ބަޔާން ނެގުން މާދަމާ އޮންނާނެ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ބަޔާން ނެގުން އޮންނާނީ ތިނަދޫ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ކެޕްމަހުގައި ކަމަށެވެ. މާދަމާއިން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އަޑުއެހުންތައް ކުރިއަށް ދާނެ އެވެ.

އަޑުއެހުންތައް އޮންނާނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 2:30 އިން ހަވީރު 6:00 ގެ ނިޔަލަށެވެ. މި އަޑުއެހުންތަކުގައި އާންމުންނަށް ބައިވެރިވެވޭނެ އެވެ.

މާލޭގައި އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

މި މައްސަލަ ބަލައިދިނުމަށް އެ ރަށުގެ ބައެއް ރައްޔިތުންގެ އިތުރުން ތިނަދޫ ކައުންސިލުން ވެސް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.

ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެ އެެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި، ކަންހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހައިފާ

ވެރިކަން ކުރަން ނޭގެންޔާ ނުކޮއް ތިބެބައް

ވަގު ސަރުކާރު

ވަކި ބަޔަކައް މާލީ މަންފާ އެއް ދިނުމައް ކުރާ ކަމެއް ތީ

ޖުހާ

މޮޔަ ބޮލަށް އަރާފަހުރި ވެރިއެއް މިފެންނަނީ ނާގާބިލް ސަރުކާރު

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910