ރިތިކް ރޯޝަން އާއި ސަބާ އާޒާދުގެ ލޯބީގެ ވާހަކައަކީ މިހާރު ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އެވެ. ރިތިކް އާއި ސަބާގެ ގުޅުން މީހުންނަށް ފަޅާ އެރީ ދެ މީހުން އެކުގައި އަތާ އަތް ގުޅާލައިގެން ރެސްޓޯރަންޓަކުން ނުކުންނަ މަންޒަރު ފެނުނު ހިސާބުންނެވެ. އޭގެ ފަހުން ރިތިކްގެ އާއިލާ އާއެކު ސަބާ އުފާވެރި ވަގުތުތަކެއް ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ.
އަދި ރިތިކްގެ ގޭގައި ކައްކާ އެއްޗެތި ސަބާ އަށް ފޮނުވާ ވާހަކަ އާއި ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން ޚާން އާއި ސަބާގެ ގާތް އެކުވެރިކަމުގެ ވާހަކަތައް ވެސް އިންޑިއާގެ ނޫސްތަކުގައި ޖަހާފައި ވެއެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ރިތިކް ވަރަށް އަވަހަށް ސަބާ އާ ކައިވެނިކުރަން ވަނީ ނިންމާފަ އެވެ. އެމީހުންގެ ގާތް އެކުވެރިޔަކު އިންޑިއާ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި ރިތިކް އާއި ސަބާ އެމީހުންގެ ގުޅުމާ މެދު ވަރަށް ސީރިއަސް އެވެ. އަދި ރިތިކްގެ އާއިލާގެ އެންމެންނަށް ވެސް ސަބާ ވަރަށް ކަމުދެ އެވެ. އަދި ރިތިކް ފަދައިން ސަބާގެ މިއުޒިކީ މަސައްކަތާ ރިތިކްގެ އާއިލާގެ މީހުން ވެސް ވަރަށް ގަޔާވެ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން ކައިވެނިކުރަން އެމީހުން ބޭނުމެއް ނުވެ އެވެ.
ރިތިކް އާއި ސަބާގެ އެކުވެރިޔާ ކިޔައިދިންގޮތުގައި ރިތިކްގެ ކުރީގެ އަންހެނުންނާ ސަބާގެ ގާތް ގުޅުމެއް އުފެދިފައި ވެއެވެ. ސުޒާން އަށް ސަބާ ކިޔާ ލަވަތަކާއި އޭނާގެ މިއުޒިކީ މަސައްކަތްތައް ވަރަށް ކަމުދެ އެވެ. އަދި ދެ މީހުން ވަރަށް ގިނައިން ފޯނުންނާއި ބައްދަލުކޮށް ވާހަކަ ދައްކަ އެވެ. އަދި ރިތިކްގެ ދެ ދަރިން ވެސް ސަބާ ދެކެ ވަރަށް ލޯބިވެ އެވެ. އަދި އެ ކުދިންނަށް ވެސް ސަބާ ތައްޔާރުކުރާ މިއުޒިކާއި ކިޔާ ލަވަތައް ވަރަށް ރީއްޗެވެ. މި ހުރިހާ ކަމެއް މިހެން ހުއްޓަސް އަވަސް އަރުވާލައިގެން އެއްވެސް ނިންމުމެއް ނިންމަން އަދި ރިތިކް ބޭނުން ނުވާ ކަމަށް އޭނާގެ އެކުވެރިޔާ މައުލޫމާތު ދީފައި ވެއެވެ.