އުރީދޫ

ރާއްޖޭގައި އީ- ގޭމް ކުރިއަރުވަން އުރީދޫގެ އެހީ

Mar 19, 2022
1

ރާއްޖޭގައި އީ- ގޭމް ކުރިއަރުވަން އުރީދޫ މޯލްޑިވްސް އިން "ގޭމް ރޫމް" އާ ގުޅިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އީ ގޭމް ސްޕޯޓްސް ސެންޓަރެއް ކަމަށްވާ "ގޭމް ރޫމް" އާ ގުޅިގެން މަސައްކަތް ކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މި ގުޅުމާއެކު އީ-ގޭމިން އަށް ޝައުގުވެރިކަން ހުންނަ ޒުވާނުންގެ ހުނަރު ތަރައްގީ ކުރަން އެ ކުންފުނިން އެހީތެރިވާނެ އެވެ.

އުރީދޫން ވަނީ ރާއްޖޭގެ ގޭމިން ޕްލެޓް ފޯމްތަކަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން މިހާރުވެސް ޕަބްޖީ އާއި މޮބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އާއި ގެރީނާ ފްރީ ފަޔާ އާއި ކޯލްއޮފް ޑިއުޓީ ފަދަ ގޭމްތައް ކުޅޭ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.