އެސްޓީއޯ

އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސްފިި

Mar 19, 2022

އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވަން ހާއްސަކޮށްގެން މިއަދު އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސްފި އެވެ.

އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެސްޓީއޯ އިން މިއަދު ރާއްޖެ ގެނައީ 21 އެމްބިއުލާންސެވެ. މިއީ އެސްޓީއޯ އިން އެމްބިއުލާންސް ގެނައި ހަތަރުވަނަ ބުރެވެ.

އެސްޓީއޯ އިން ބުނީ އެމްބިއުލާންސްތައް ލިބިފައިވާތީ އެ ތަކެތި ފޮނުވަން ޖެހޭ ރަށްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

އެސްޓީއޯ އިން މިހާރު ވަނީ 41 އެމްބިއުލާންސް ރަށްތަކާ ހަވާލުކޮށްފަ އެވެ.