ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގަންނަވަނީ

Mar 20, 2022

ރައީސް އިބްރާހިމް މުހަމައްމަދު ސޯލިހު އައްޑޫ އަށާއި ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ދެކުނުގެ ދެ އަތޮޅަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އެ ތާރީހު އަދި ރައީސް އޮފީހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އިންޑިއާގެ އެހީތެރިިކަމުގައި އައްޑޫގައި ހަދާފައިވާ ފުލުހުންގެ އެކަޑެމީ ރައީސްގެ އައްޑޫގެ ދަތުރުފުޅުގައި ހުޅުއްވައިދެއްވާނެ އެވެ.

ތައިރޮއިޑް އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ދިޔައީ އެކި މަޝްރޫއުތައް ފައްޓަވައި ދެއްވުމަށާއި، ބައެއް ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެކި އަތޮޅުތަކަށް ދަތުރު ކުރައްވަމުންނެެވެ.

ރައީސް ސޯލިހު އެންމެ ފަހުން އައްޑޫ ސިޓީއަށް ވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ތެރޭގައި 2019 ވަނަ އަހަރު އެވެ.