ދިރާގުން މުވައްޒަފުންގެ މެދުގައި ބާއްވަމުން ގެންދާ ޑެސް ކަޕް ނިންމާލައިފި އެވެ.
ދިރާގުން ބުނީ 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނެޓްވާރިކްސް ޔުނައިޓެޑާއި ރޮކާރިޒް އަދި ސޭލްސް ފޯސް ކަމަށެވެ. މި މުބާރާތަކީ ތިން ޑިވިޝަން އަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ.
ޑެސް ކަޕް ކާމިޔާބު ކުރި ޓީމްތައް
- ސުޕަ ލީގުގެ ޗެމްޕިއަންކަން: ރޮކާރިޒް
- މެންސް ޕްރިމިއާ ޑިވިޝަންގެ ޗެމްޕިއަންކަން: ނެޓްވާރިކްސް
- ވިމެންސް ފިއެސްޓާގެ ޗެމްޕިއަންކަން: ސޭލްސް ފޯސް
މި މުބާރާތް 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުން ދިޔަ ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ.
މި މުބާރާތުގައި ޖުމްލަ 24 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގައި ޖުމްލަ 390 މުވައްޒަފުން ކުޅެފައިވެ އެވެ.