ދިޕިކާ ޕަދުކޯން

އާ އަހަރު ފާހަގަކުރަން ދިޕިކާއާއި ރަންވީރު ރާއްޖެ އަށް!

Dec 26, 2015

ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނާ ބޮލީވުޑްގެ ދެތަރިން ކަމަށްވާ ރަންވިރު ސިންގް އާއި ދިޕިކާ ޕަދުކޯން އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން މިދެތަރިންގެ އެންމެފހުން ނިކުތް ފިލްމު "ބާޖީރާއޯ މަސްތާނީ" އަށް ލިބެމުން އަންނަ ކާމިޔާބީގެ ސަބަބުން ދެ ތަރިން ވެސް ތިބީ އެކުގައި މިފިލްމުގެ ކާމިޔާބީ ފާހަގަކުރަން ބޭނުންވެފައި ކަމަށެވެ.

މި ފިލްމުގެ އެންމެ ފަހުގެ ޕްރޮމޯޝަނަލް މަސައްކަތްތައް ނިންމާލުމަށްފަހު މި ދެތަރިން މިހާރު ރާއްޖެ އައިސްފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ދެތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ބުނެވޭ ގޮތުގައި މި ދެ ތަރިން ކްރިސްމަސް އާއި އާއަހަރު ރާއްޖޭގައ ފާހަގަކުރާނެ އެވެ.

މިދިޔަ އަހަރުވެސް ކްރިސްމަސް އާއި އާއަހަރު ފާހަގަކުރުމަށް ދިޕިކާ އާއި ރަންވީރު ރާއްޖެ އައިސްފައިވާއިރު، މިދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމާއި މެދު އަދިވެސް އެއްބަހެއް ނުވެ އެވެ.

މިވަގުތު މި ދެތަރިންވެސް އެއްވެސް ފިލްމެއްގެ މަސައްކަތް ކުރަމުން ނުދާއިރު، ޖެނުއަރީ މަހުގެ ތެރޭގައި ރަންވީރު ޔާޝް ރާޖްގެ "ބޭފިކްރޭ"ގެ ޝޫޓިން ފަށާނެ އެވެ. އަދި ދިޕިކާ މިފަހުން ވަނީ އަންނަ އަހަރު ކުޅޭނެ އެއްވެސް ފިލްމެއް އަދި ހަމަޖެހިފައިނުވާ ކަމަށެވެ.