މިއަންމާ

ކިސަޑު ފޭބި ހާދިސާގައި މިޔަންމާއިން ގެއްލުނު ގިނަ މީހުން އަދިވެސް ނުފެނޭ

މިޔަންމާގެ އުތުރުގައި އޮންނަ ކަޗިން ސިޓީގައި ކިސަޑު ފޭބުމުގެ ސަބަބުން ގެއްލިފައިވާ މީހުން އަދިވެސް ނުފެންނަ ކަމަށާއި އެމީހުން މިހާރު ދިރި ހުންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އޮފިޝަލުންނާ ހަވާލާދީ ހަބަރުތަކުގައި ބުނަނީ އިއްޔެ ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މިދިޔަ މަހުވެސް މިޔަންމާގެ އެސަރަހައްދުގައި ކިސަޑު ފޭބުމުގެ ސަބަބުން 100 މީހުންވަނީ މަރުވެފަ އެވެ. މިމީހުންނަކީ ސިނާއީ މަސައްކަތް ކުރާ މައިނެއްގައި ކައިރީ ދިރިއުޅެމުންދިޔަ ބައެކެވެ.

އިިއްޔެގެ މިހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ފަސް މީހުންގެ ހަށިގަނޑު މިހާރުވަނީ ފެނިފަ އެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި އަދިވެސް ފަންސާހަކަށް މީހުން ވަނީ ގެއްލިފަ އެވެ.

މިދޔަ ހަފްތާގައި ޗައިނާގެ އަވަށެއްގައިވެސް ކިސަޑު ފޭބުމުގެ ހާދިސާއެއް ހިނގައި 90 އަށްވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ. އެހާދިސާގައި 33 އިމާރާތް ބިމާ ހަމަވެ، ހާދިސާ ހިނގިތާ 60 ގަޑިއިރު ފަހުން އިމާރާތް ތަކުގެ ދަށުން 19 އަހަރުގެ މީހަކުވަނީ ސަލާމަތްކޮށްފަ އެވެ.