ކެފޭ ރެސްޓޯރެންޓް

ވޯލްޑްޝެފްސް ކޮންގްރެސްގައި 20 ދިވެހިން ބައިވެރިވަނީ

Mar 21, 2022

ވޯލްޑްޝެފްސް ކޮންގްރެސްގައި މިއަހަރު 20 ދިވެހިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން މީހުން ބައިވެރިކުރަނީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް -- ވޯލްޑްޝެފްސްގައި ރާއްޖެ ތަމްސީލުކުރާ އަމިއްލަ ޖަމިއްޔާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

ކޮންގްރެސްގައި ބައިވެރިވާ ދިވެހިންގެ ތެރޭގައި ޕްރޮފެޝަނަލް ޝެފުންގެ އިތުރުން ކަލިނަރީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާ ހަ ޒުވާނުން ވެސް ބައިވެރި ކުރާ ގޮތަށް ހަމަޖައްސާފައިވެ އެވެ.

ފުޅާ ދާއިރާއެއްގައި ރިސޯޓުތަކަށް ތަކެތި ސަޕްލައި ކުރާ ބީބީއެމް އިން ހަ މީހެއްގެ ހުރިހާ ހަރަދެއް ސްޕޮންސާކޮށްފައިވެ އެވެ.

މިއަހަރުގެ ކޮންގްރެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި 30 އިން ޖޫން 2 އަށެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ ދެ އަހަރު ވޯލްޑްޝެފްސް ކޮންގްރެސް ބާއްވާފައެއް ނުވެ އެވެ.

ހޮސްޕިޓަލިޓީ އަދި ކަލިނަރީ ދާއިރާ އިން ދުނިޔޭގައި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތް ކަމުގައިވާ ވޯލްޑްޝެފްސް ކޮންގްރެސްގައި އެ ދާއިރާ އިން ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާނެ އެވެ.