ހަބަރު

ފަރުތަކުގެ މައުލޫމާތު އާންމުކޮށް ލިބޭނެ ގޮތް ހަދައިފި

ރާއްޖޭގެ ސަރަހަައްދެއްގައި މީހަކު ފީނަނީ: ރާއްޖޭގެ ހުރިހާ ފަރުތަކެއް މައުލޫމާތު އާންމުކޮށް ލިބޭނެގޮތް ވަނީ ހަދައިފައި--
0%
0%
0%

ރާއްޖޭގެ ހުރިހާ ފަރުތަކެއްގެ މައުލޫމާތު އާންމުކޮށް ލިބޭނެ ގޮތް ހަދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެމެރިކާގެ ބިލިއަނަރު ޓެޑް ވެއިޓްއާއެކު މަޖިލީހުގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ފަރެއްގެ ފޮޓޯ ނަގައި އާންމު މައުލޫމާތުގެ ގޮތުގައި މިހާރު ލިބެން ހުންނާނެ ކަމަށް ޓެޑް މައުލޫމާތު ދެއްވި ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން އެހާ ފުޅާކޮށް ރާއްޖޭގެ ކަނޑުތަކާއި ފަޅުގެ ފޮޓޯ ނަގައި ޗާޓުކޮށްފައި ނެތް ކަމަށެވެ.

"އިންޑިއަން އޯޝަން ރެޑްސީ ސާވޭ ނިމުނީ 1842ގައި. ކެޕްޓަން މޯސްބީ ވަޑައިގެން އިންޑިއަން އޯޝަން ސާވޭ ހައްދަވައި ބްރިޓިޝް އެޑްމިރިލްޓީގެ ޗާޓެއް އަޅުގަނޑުމެން މިހާތަނަށް ބޭނުންކުރަމުން އައީ. އެއަށް ފަހު އިންޑިއަން އެޑްމިރިލްޓީއިން އަނެއްކާވެސް ޗާޓު ކުރަހަން ފެށީ. މިހާރު މިވަނީ ޓެޑް ވެއިޓްގެ ބްލޫ ޕްރޮސްޕެރިޓީއިން މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ފަރެއް ފޮޓޯ ނަގައި އާންމު މައުލުމާތުގެ ގޮތުގައި ލިބެން ހުންނާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޓެޑް ވެއިޓްއާއެކު ރައީސް ނަޝީދު އިއްޔެ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ޓެޑް ދަނީ "ނޫ ރާއްޖެ"ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ޕްރޮގްރާމް ސަރުކާރުން އިފްތިތާހުކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345