އަބްދުﷲ ޖާބިރު

ރާއްޖެ އަޑިއަށްދާ ވާހަކަ ދައްކާތީ ޖާބިރުގެ ނުރުހުން

ރާއްޖެ އަޑިއަށް ދާން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަަތަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފާޑުވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ އަޑިއަށްދާން އުޅޭ ކަމަށް ބުނެ އިންވެސްޓަރުން ބިރުގެންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަޑިއަށްދާނެ ކަމުގެ ވާހަކަ ދައްކާއިރު އަޑިއަށް ނުދާނެތަނެއް ވެސް އަޅުގަނޑުމެން ހޯދަން ޖެހޭ ކަމަަށެވެ.

"އަޑިއަށް ނުދާނެ ތަނަކީ ކޮބައިތޯ؟ އަޅުގަނޑަށް ހީވަނީ އެއީ މޮރޮކޯހެން!" ޖާބިރު ވިދާޅުވި އެވެ.