ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު މިއަދު އައްޑޫއަށް ވަޑައިގަންނަވަނީ

Sep 14, 2022
ރައީސް މުހައްމަދު ނަޝީދު. މިއަދު އައްޑޫއަށް ވަޑައިގަންނަވާނެ -- ފޮޓޯ: އަވަސް
0%
0%
0%

މޫސުމީ މައްސަލަތަކާ ގުޅޭ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވަނީ އައްޑޫގައި މިރޭ ބާއްވާ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މި ސެމިނާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ ކެމްޕަހުގަ އެވެ.

ސަސްޓެއިނެބިލިޓީ ފޯސޭކެން ފިއުޗާސްގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދާ ދެވަނަ ސެޝަން (އަންޑަވޯޓާ ޖަސްޓިސް) ކުރިއަށް ދާނީ މިއަދު ހަވީރު 4:15 އިން ފެށިގެން މިރޭ 9:15 އަށެވެ.

މި ސެޝަން ހުޅުވުމުގެ ގޮތުން ވާހަކަދައްކަވާނީ ކޮސްޓާރިކާގެ ކުރީގެ ރައީސް ލައުރެން ޗިންޗިލާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345