ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އައްޑޫއަށް ވަޑައިގެންފި އެވެ.

ނަޝީދު އައްޑޫއަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި އައްޑޫގެ ބައެއް ކައުންސިލަރުން ވެސް ހިމެނެ އެވެ.

އެމަނިކުފާނު އައްޑޫއަށް ވަޑައިގަތީ މިއަދު އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކުރާ މި ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މިފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިއްމުކަން ދެނެގަތުމާއި ރައްކާތެރިކުރުމާއި އަދި މުރަކައިގެ މުހިންކަން ބުނެދިނުމެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ތަޖުރިބާކަރުންނާއި، ޖަމިއްޔާތަކުގެ ބޭފުޅުންނާއި، ސިޔާސީ ލީޑަރުން އައްޑޫ ނޭޗަ ޕާކަށް ސްނޯކްލިން އަށް ދިއުމާއި ހުޅުމީދޫ ނޭޗަ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރާނެ އެވެ.

ކޮރަލް ފެސްޓިވަލް އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވީ ކ. ތުލުސްދޫގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345